ރައީސް އޮފީހުގެ މުވައްޒަފުންނާއި ވަޒީރުން ފިޔަވާ އެހެން ފަރާތަކަށް ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކޮށްފި

ރައީސް އޮފީހުގެ މުވައްޒަފުންނާއި ވަޒީރުން ފިޔަވާ އެހެން ފަރާތަކަށް ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކޮށްފި

Author
ހުސައިން
28 އޭޕްރިލް 2024 12:27
0

ރައީސް އޮފީހުގެ މުވައްޒަފުންނާއި ވަޒީރުން ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ރައީސް އޮފީހަށް ފޯނު ވެއްވުން މަނާކޮށްފައިވާކަން ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވެފައިވަނީ ވަޒީރުން ފިޔަވާ ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެހެން ފަރާތްތަކަށް އެ އޮފީހަށް ފޯނު ވެއްދުން މަނާ ކޮށްފައިވަނީ  މީގެ ދެ މަސް ކުރިން ކަމަށާއި އެއީ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އަމަލު ކުރަން ފެށި އުސޫލެއް ކަމަށެވެ.

އަދި އެ އުސޫލުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެނިހެން އިސްވެރިންނަށްވެސް މޯބައިލް ފޯނު ވެއްދުން ވަނީ މަނާކޮށްފައެވެ.

ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެރިންނަށް އެ އޮފީހަށް ފޯނު ވެއްވުން މަނާ ކުރުމާއި ގުޅިގެން ނޫސްވެރިންވަނީ އެކަމުގެ ކަންބޮޑުވުން މިއަދު ފާޅު ކޮށްފައެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަނީ ފޯނު ވެއްދުމުގެ ފުރުސަތު ދީފައެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނުވެއްދުމުގެ ފުރުސަތު ނުލިބޭނެކަމަށް ނޫސްވެރިންނަށް މިއަދުވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.