ސަރުކާރުން ހަދިޔާ ކުރާ ކާޑު ރޯދަ ނިމެންދެން ދޫކުރާނެ

ސަރުކާރުން ހަދިޔާ ކުރާ ކާޑު ރޯދަ ނިމެންދެން ދޫކުރާނެ

Author
އަހުމަދު
03 އޭޕްރިލް 2024 04:29
0

ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރަން ނިންމި ހަނޑޫ އަދި ފުށް ނުގެންދެވުނު މީހުންނަށް އެތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

އެކަމަކު، ހުކުރު ދުވަހު ކާޑު ނުބަހާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކާޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކުރިން ފަހަރެކޭ އެއްގޮތަށް ދިވެހިންނަށް އެކަނިއެވެ. ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރއަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު އެވެ.

ކާޑު ދޫކުރަން ނިންމާފައިވާ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުން 22،000 އަށް ވުރެ ގިނަ މީހުން ގެންދިޔަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.