ސައުދީ ސަފީރުކަމަށް ޠާހާގެ ނަން މަޖިލީހަށް ފޮނުއްވައިފި

ސައުދީ ސަފީރުކަމަށް ޠާހާގެ ނަން މަޖިލީހަށް ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2024 01:44
0

ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާގެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ ދަށުން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާހާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ 26 މާޗު 2024 ގައެވެ.

އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.