ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށްނެގި ދެމީހަކު ހައްޔަރު ކޮށްފި

ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށްނެގި ދެމީހަކު ހައްޔަރު ކޮށްފި

ގުޅުންހުރި

ރޭ ދަމު ނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށްނެދި ދެމީހަކު ހައްޔަރު ކޮށްފި މިއަދު ފުލުހުން ހައްޔަރު ކޮށްފިއެވެ. ހި ހާދިސާ ހިނގާފައިވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައެވެ.

ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު ރޭ ލިބިފައިވާކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އެއީ އުމުރުން 36 އަހަރުގެ ދެ ފިރިހެނުންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި ރޯދަމަހު މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ތަގުވާ މިސްކިތުގެ 7 ފަންކާއެއް ފާއިތުވި ހަފްތާގައި ވަގަށް ގެންދިޔަ އިރު، ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ދަރުމަވަންތަ މިސްކިތުގެ ފެންމޯޓަރު ވެސް ވަނީ ވަގަށް ނަގައިފައެވެ. އަދި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް ވަނީ ވަގަށް ނަގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ