ޑރ. ޝަހީމް

ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވާން ނިންމައިފި

ޒަކާތު ފަންޑުން ފަލަސްތީނަށް އެހީވާން ނިންމައިފި

ގުޅުންހުރި

ޒަކާތު ފަންޑުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީން ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައެވެ.

ދިވެހި ޒަކާތު ފަންޑުން އެހީވާން ނިންމިކަން އިއުލާން ކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޣައްޒާގެ އަޚުންނާއި އުޚުތުން ބަނޑަށް މަރުވާތަން ދެކެން ބޭނުން ނުވާކަމަށާއި، އަތުގައި ހުރި އެއްޗަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެކަމުގައެވެ.

އަދި އެއީ ދިވެހި ރައްޔިތުންގެ އިހުސާސްތައް ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރަށް އެހީ ފޮނުވާ ފުރަތަމަ ފަހަރު ކަމަށާއި، އަދި މިއީ ޒަކާތަށް ހާއްސަ އިދާރާއެއް، ރާއްޖޭގައި ގާއިމުވުމާއި ތަނަވަސް ދިވެހިން، ޒަކާތު ހައުސްއަށް ޒަކާތް ދެއްކުމުގެ ނަތީޖާ ކަމަށެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 32 ހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާއަށް އެހީ ލިބުން އިސްރާއީލުން މަނާކޮށްފައިވުމާއި ގުޅިގެން، އެ ސިޓީގައި ވަނީ ބަނޑުހައިހޫނުކަން އާންމު ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ