ދުނިޔޭގެ އެންމެ މަޝްހޫރު އެއް މީޑިއާ ޗެނަލް ކަމުގައި އަލްޖަޒީރާ ނިއުސް ޗެނަލް އިސްރާއީލުގައި މަނާކުރުމަށް އެގައުމުގެ ގާނޫނުހަދާމަޖިލިހުން ބިލެއް ފާސް ކޮށްފިއެވެ.
މިއީ އިސްރާއީލުގެ ގައުމީ ސަލާމަތަށް ނުރައްވާ މީޑިއާ ޗެނަލްތައް އެގައުމުގައި މަނާކުރުމަށް ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލް އިސްރާއީލުގެ ގާނޫނުހަދާ މަޖިލިހުން ފާސްކުރުމާއެކު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިއުސް ޗެނަލް އަލްޖަޒީރާއިން އެ ގައުމުގައި ބްރޯޑްކާސްޓް ކުރުން މަނާކުރުމަށް ޕާލަމެންޓުން ފާސްކުރި ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ޗެނަލްތަކުން ބްރޯޑްކާސްޓް ކުރުން މަނާކުރުމާއި އޮފީސްތައް ބަންދުކުރުމުގެ ބާރު 70 މެމްބަރުންގެ ވޯޓުން ހޯމަ ދުވަހު ފާސްކުރި މި ގާނޫނުގެ ދަށުން އިސް ވަޒީރުންނަށް ލިބިދެ އެވެ.
ގާނޫނު ފާސްކުރުމާއެކު، އިސްރާއީލުން ޢައްޒާގައި ކުރާ ލާއިންސާނީ ހަނގުރާމަ އެންމެ ފުޅާދާއިރާއެއްގައި ބްރޯޑްކާސްޓް ކުރަމުންދާ އަލްޖަޒީރާ އެގައުމުގައި ބްރޯޑްކާސްޓްކުރުން މަނާކުރާނެ އިއުލާން ކުރުމަށް ނަތަންޔާހޫ ވަނީ އަވަސް ވެގެންފައެވެ.
"ޓެރަރިސްޓް ޗެނަލް އަލްޖަޒީރާ މިހާރު އިޒްރޭލުގައި ނުދައްކާނެ. ޗެނަލްގެ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި އާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތުން ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅެން،" ކުރ، އެކްސް ޕޯސްޓެއްގައި ނަތަންޔާހޫ ވިދާޅުވި އެވެ.
އަލްޖަޒީރާއިން އިސްރާއީލް މި ނިންމުން ސިފަ ކޮށްފައިވަނީ، 2022 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ދިން ހަމަލާއެއް ކަވަރު ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިޔަކު ޝަހީދުކޮށްލުމުގެ ވާހަކަ ދެއްކުން މަނާކުރުމާއި، އަލްޖަޒީރާ ހިމޭންކުރުމަށް އިސްރާއީލުން ސިލްސިލާކޮށް ދެމުން ގެންދާ ސިލްސިލާ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނީ ނަތަންޔާހޫ ވަނީ އެ ނެޓްވޯކާއި ދެކޮޅަށް "ހަރުކަށި" އަދި "ތާކުންތާކު" ނުޖެހޭ ކެމްޕެއިނެއް ފަށާފައި ކަމުގައެވެ.
އެހެންނަމަވެސް އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ކަވަރޭޖް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް އެޗެނަލްއިން ބުނެފައި އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމާގައި އެނެޓްވޯކްގެ ދެ ނޫސްވެރިއަކު ޝަހީދުވެފައިވާއިރު، ޣައްޒާގެ ސަރަހައްދުގައި ހުންނަ ބްރޯޑްކާސްޓަރުގެ އޮފީހަށް އިސްލާރީލުންވަނީ ވަނީ ބޮން އަޅާފައެވެ. ނިއުޔޯކްގައި ހުންނަ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ބުނީ މި ގާނޫނުގެ ސަބަބުން "ނޫސްވެރިކަމާ މެދު ދެކޮޅުވެރިކަމުގެ މާހައުލެއް އުފެދޭ ކަމަށާއި މިއީ އިޒްރޭލާއި ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ އިތުރުވެފައިވާ ޓްރެންޑެއް" ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށްފަހު ހަނގުރާމަ ފެށި ފަހުން މިހާތަނަށް 95 ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުން މަރުވެފައިވާ ކަމަށާއި މިއީ 1992 ވަނަ އަހަރު ސީޕީޖޭއިން ޑޭޓާ އެއްކުރަން ފެށި ފަހުން ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދުވަސްތައް ކަމަށް އެ ޖަމާއަތުން ބުނެއެވެ.