ރައްކާ ކެމްޕެއިންގެ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި

ގުޅުންހުރި

މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ރައްކާ ކެމްޕެއިންގެ “ފަހިރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

މާރިޗު 10 ވަނަ ދުވަހު ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި ޝީޝާ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ވަޒީރު މުޙައްމަދު އަމީން ދެއްކެވި ވާހަކަ ފުޅުގައި، މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުރިހާ ބޭފުޅުން އުޅުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ ކުރަމުންދާ މަސައްކަތަކީ ފުލުހުންނާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކުލަވާލި ބޮޑު ޕްރޮގްރާމަކީ އެއްދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމަށް ވިދާޅުވެލެއްވިއެވެ. އިތުރަށް ވިދާޅުވެލެއްވީ ކޮންޕްރިހެންސިވް ޕްލޭނެއް ކުރިއަށް ގެންދާނެކަމަށާއި  މި ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި މާލޭގެ ކޮންޖެކްޝަންސްތަކަށް ހައްލެއް ލިބިގެން ދާނެކަމަށާއި ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދޭނެކަމަށް ވިދާޅުވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، މުޅި އަހަރަށް ތާވަލު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ތެރެއިން ރަމަޟާން މަހަށް ހާއްސަކޮށްގެން މިފެށޭ ފަހިރާސްތާ ޕްރޮގްރާމުގައި، މިއަދުގެ ޓްރެފިކް ހާލަތު ތަސައްވަރު ކޮށްލުން ރަނގަޅު ކަމަށް ވިދާޅުވިއެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ވެހިކަލް ތޮއްޖެހިފައިވާ ތޮއްޖެހުން މާލޭގެ ޕާކިންގއަށް ސަރުކާރުން ދެއްވި ލުއިތަކާއި ޕާކްކުރުމުގެ އާންމު އުސޫލުތަކާއި އަހުލާގީ އަދި ފަރުދީ ޒިންމާއަށް ބަލާލުމެއްނެތި މިސްކިތްތަކާއި ސްކޫލުތަކާއި ވަދެނުކުތުމަށް ދަތިވާގޮތަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ރޭންޕުތައް މަތީގައި ޕާކްކުރަމުން ގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވުމާއި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މަދުބައެއްގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ އެތައް ކަމެއްގެ ތެރެއިން މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މިއަދު ކުރެވެމުންދާ ކަމަށާއި މި މަސައްކަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްނެގުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތާއި މާލޭ ސިޓީ ކައުންސިލާއި އެޗް.ޑީ.ސީ އާއި ވެމްކޯ ގުޅިގެން، މާލޭގެ މަގުތަކަށް އުކާލާފައިވާ ވެހިކަލްތަކުގެ ބައިތައް ނަގައި ޕާކްކުރުމަށް އިތުރު ޖާގަ ތަނަވަސްކޮށްދިނުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމާއިއެކު އެކަމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ މަގުތަކަކީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށްޓަކައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ. އަދި މި ރަމަޟާން މަހަށް ހާއްސަކޮށްގެން، މިސްކިތްތަކަށް ވަދެނުކުމެވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައި ހުންނަ ރޭންޕުތަކަށް ދަތިވާ ގޮތަށް ހުންނަ އުޅަދުތަކަށް ޓޯވކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ބާޒާރު މަތީގެ ޓްރެފިކް ފްލޯ ތަރުތީބުކޮށް ފަސޭހަކުރުމުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުން ދާކަމަށާއި ގޮންޖެހުން ބޮޑު ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާ ވަރަށްގާތުން މަސައްކަތްކުރަމުންދާ ކަމަށާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ކަންކަން ކުރަންވީ ރަނގަޅުގޮތް އަންގައިދީ ވިސްނައިދީ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވަރަށް ރޭވުންތެރިކަމާއެކު އެކި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ދާނެގޮތަށް ތަރުތީބު ކުރެވިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފަހިރާސްތާ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ކަލާފާނު ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ޓްރެފިކް އެވެއާނެސް ހަރަކާތަކާއި، އެކްސިޑެންޓުވެފައިވާ މީހަކަށް އަވަސްފަރުވާދީ އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ހަރަކާތެއް މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރަމަޟާންމަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ހައިވޭގެއި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލަމުންދާނެއެވެ. އެގޮތުން ހުއްޓުވާ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

އަދި ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި  އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ