ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދަމަށް ޚާއްސަ މަސް މާރުކޭޓެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދަމަށް ޚާއްސަ މަސް މާރުކޭޓެއް ހުޅުވައިފި

Author
ހުސެއިން
10 މާރޗް 2024 09:44
0

ހުޅުމާލޭގެ ދަވަނަ ފޭސްގައި ރޯދަމަހަށް ޚާއްސަ ކޮށްގެން މަސް މާރުކޭޓެއް ހުޅުވައިފިއެވެ. މި މާރުކޭޓު ހުޅުވާގައިވަނީ ދެވަނަ ފޭސްގެ ޑިންގީ ހާބަރު ސަރަހައްދުގައެވެ.

އެޗްޑީސީން ބުނެފައިވަނީ މިއީ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް މި ރަމަޟާން މަހު އިތުރަށް ލުއި ފަސޭހަކޮށްދިނުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ މަޝްރޫއެެއް ކަމުގައެވެ.

އެޗްޑީސީން ބުނެފައިވަނީ މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެއް ކަމުގައެވެ.

ރޯދަމަށް ޚާއްސަކޮށްގެން އެޗްޑީސީންވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެޗްޑީސީންވަނި ރޯދަމަސް ފެށުމާއެކު އެ މާރުކޭޓުން ޚިދުމަތް ލިބެމުންދާނެކަމަށާއި، ރޯދަމަސް ފެށިގެން ދެމަސްދުވަހަށް އެ މާރުކޭޓުގެ ޚިދުމަތް ލިބެން ހުންނާނެ ކަމުގައެވެ.

މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މިމާރުކޭޓު ހުޅުވީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްކަަށް ތަރުކާރީ މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.