ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުރި ކެފޭއިން ދައުލަތަށް ލިބެންޖެހޭ ކުލި އެކައުންސިލްގެ ބައެއް މެންބަރުންގެ ޖީބަށް ލިބޭގޮތަށް ހިންގަމުން އަންނަކަމުގެ ތުހުމަތު ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ކުރައްވައިފިއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިލިމާލޭގައި ހިންގާ ކެފޭއިން ދައުލަތަސް އެއްވެސް ފައިސާއެއް ނުލިބި ހިންގަމުން އަންނަތާ 3 އަހަރު ވެފައިވާކަމަށާއި، ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ވައްކަންކަމަށެވެ. މުސްޠަފާ މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ވަނީ ވިލިމާލެ ފެރީ ޓާރމިނަލް ކައިރީގައި ހިންގަމުން އަންނަނަ ޟީޟިޔާ ރެސްޓޯރަންޓުގެ ފޮޓޮއެއްވެސް ހިމަނުއްވާފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ޟީޟިޔާ ރެސްޓޯރަންޓް ހިންގަނީ އެއްވެސް ބިޑްކުރުމެއް ނެތި މާލެ ސިޓީ ކައުންސިލްގެ މެންބަރު ހަމްނާ ވަހީދަށް މަންފާތަކެއް ލިބިދޭގޮތަށްބަޔަކާއި ހަވާލުކޮށްގެންނެވެ.
Villimale ga city council belumuge dhashuga huri cafe dhaulathah liben jehey kuli city council baeh meberun jeebah libey gothah hingaathaa 3aharu vanee.balaali konme dhimaalakun ves fehnanee vahkan. pic.twitter.com/ytrZCEqqna
— Mohamed Musthafa (@Thimarafushi) December 17, 2020
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުސްޠަފާ ސިޓީ ކައުންސިލްގެ މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވާފައިވާއިރު، މާލޭ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް މާލެސިޓިގެ މޭޔަރު ސިފާ މުޙައްމަދު ހިންގާފައިވާކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް ލިޔެކިޔުންތަކަށް ބަދަލު ގެންނަމުންދާކަމުގެ ތުހުމަތުތަކެއްވެސް އެކައުންސިލަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ