"ޑޮން 3″ ގެ އޮފާ ނާންނަކަމަށް އިމްރާން ބުނެފި

"ޑޮން 3″ ގެ އޮފާ ނާންނަކަމަށް އިމްރާން ބުނެފި

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2024 10:03
0

މަޝްހޫރު ފްރެންޗައިޒް "ޑޮން" ގެ ތިންވަަނަ ފިލްމް "ޑޮން 3″ ގެ އޮފާއެއް އަދި ނުލިބޭ ކަމަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ ބުނެފިއެވެ.

ލީޑުން ރަންވީރު ސިންގް އާއި ކިއާރާ އަދުވާނީ ފެނިގެންދާ މި ފިލްމް ވިލަން ގެ ރޯލުން އިމްރާން ފެނިގެންދާނެ ކަމަށް މީޑިއާއިން ބުނަމުން އަންނަތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައިއެވެ.

އެ ވާހަކަ މީޑިއާތަކުގައި ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ފަހުން އޭނަ މިއަދު ބުނީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ފިލްމުން އެއްވެސް ރޯލެއް ހުށަހަނާޅާ ކަމަށެވެ. އެހެންވެ "ޑޮން 3″ ގައި ހިއްސާނުވާ ކަމަށް ބުންޏެވެ.

އޭނާ ވަނީ މިދިއަ އަހަރުގެ ކާމިޔާބު ފިލްމް "ޓައިގާ 3″ ގައި ވިލަން ގެ ރޯލު ކުޅެފައިއެވެ. އަދި ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި ތައުރީފެއް ވަނީ އޭނާ މި ރޯލުން ހޯދައިފައިއެވެ.

 

View this post on Instagram

 

A post shared by Emraan Hashmi (@therealemraan)

"މާޑާ" އާއި "ޖަންނަތު" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިމްރާން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 8 ގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ދޫކޮށްލާ ވެބް ސީރީޒް "ޝޯޓައިމް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.