އެޗްޑީސީގެ ޗެއަރމަންއަކަށް ޒުހޫރު ހަމަޖައްސައިފި

އެޗްޑީސީގެ ޗެއަރމަންއަކަށް ޒުހޫރު ހަމަޖައްސައިފި

Author
ހުސެއިން
20 ފެބްރުއަރީ 2024 08:42
0

އެޗްޑީސީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުހޫރު މަގާމަށް އައްޔަން ކުރެއްވީ އަންގާރަ ދުވަހު ކަމަށެވެ.

ޒުހޫރު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި ޔޫތު މިނިސްޓަރު އަދި ހެލްތު މިނިސްޓަރު އަދި ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ.

އަދި އޭނާވަނީ ރައީސް އޮފީހުގައި މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ.

ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ކުންފުނީގެ ބޯޑުގައި އަށް މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ބޯޑުގެ ޗެއާމަން ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.