ހައުސިންގް މިނިސްޓްރީގެ ކުރީގެ ވެރިންނާ އޭސީސީން ސުވާލު ކޮށްފި

ހައުސިންގް މިނިސްޓްރީގެ ކުރީގެ ވެރިންނާ އޭސީސީން ސުވާލު ކޮށްފި

Author
ހުސެއިން
05 ފެބްރުއަރީ 2024 05:17
0
ހައުސިންގް މިނިސްޓްރީގައި ގޯތޮ ދިނުމުގައި އިސްކޮށް އުޅިއްވި އެ ވުޒާރާގެ ކުރީގެ ވެރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ނާޒައިޒް ފައިދާއެއް ހޯދަންތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ދީފައިވާ 4000 މީހުންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މިއަދު  ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ ވާއިރު އެ ތަހުގީގުން ހާމަވި ގޮތުގައި، ފްލެޓް ދިން 59.6 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންނެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އޭރު ފްލެޓް ކޮމެޓީގައި ތިއްބެވި ހަތް ބޭފުޅުން އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެ ކޮމެޓީގެ ޗެއާ އަކީ ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

އޭރު އެ މަސައްކަތުގަ އުޅުއްވި ހަތް ބޭފުޅުންނާ އަޅުގަނޑުމެން ސުވާލު ކޮށްފަ ވާނީ. އިތުރަށް އަޅުގަނޑުމެން އެ މައުލޫމާތުގެ އަލީގަ ސުވާލު ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުންނާ ސުވާލު ކުރުމާ، އެކަމަށް މިދަނީ ތައްޔާރުވަމުން.

ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ދީފައި ވަނީ ނާޖައިޒް ފައިދާއެއް ހޯދައިދޭންތޯ ނުވަތަ ލިބިގަތުމަށްތޯ ބެލުމަށް އެކޮމިޝަނުން ތަހުގީގެއް ހިންގާނެ ކަމަށާއި އެ ތަހުގީގަށް މީހުން ހާޒިރު ކުރަން ޖެހޭނަމަ ހާޒިރު ކުރައްވާނެ ކަމަށެވެ.

އޭރު އެ މަސައްކަތުގަ އުޅުއްވި ހަތް ބޭފުޅުންނާ ސުވާލު ކޮށްފަ ވާކަމަށާއި އެ މައުލޫމާތުގެ އަލީގަ ސުވާލު ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުންނާ ސުވާލު ކުރަން ތައްޔާރުވަމުން އަންނަކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭސީސީ އިން މިއަދު ހާމަކުރި މައުލޫމަތުތަކުގެ ތެރޭގައި، މީހުން ހުށަހަޅާފައިވާ ލިޔުންތަކަށް އެކަނި ރިއާޔަތް ކުރުމަށްފަހު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔުންތައް ހިމެނެ އެވެ. އެތަކެތީގެ ސައްހަކަން ކަށަވަރު ކޮށްފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.