ޓްރާންސްޕޯޓްގެ ޕީއެސް އިސްތިއުފާދެއްވައިފި

ޓްރާންސްޕޯޓްގެ ޕީއެސް އިސްތިއުފާދެއްވައިފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 01:23
0

ސަސްޕެންޑްކޮށްފައިވާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ފަޔާޒް މަޤާމުން އިސްތިއުފާދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަސް ދުވަހަކަށްވުރެ ގިނަ ދުވަސް ވީފަހުންނެވެ.

ފަޔާޒު ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން ސިވިލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކެއް ތަޙްޤީޤްކުރުމަށްކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށެވެ. އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑްކޮށްފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ބަލަމުންދާ މައްސަލަތަކެއްގައެވެ.

ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަގާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓަރުންގެ ދަށުން މިނިސްޓްރީ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.