ކެޕްޓަން ލައޮނަލް މެސީ ޖެހި ހަމައެކަނި ލަޑުން ލެވާންޓޭ އަތުން އަމިއްލަ ދަނޑުގައި ބާސެލޯނާ މޮޅުވެއްޖެއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމަށްވެސް ލަޑުޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެ. މެޗުގެ ތަފާތަކީ ބާސެލޯނާގެ ކެޕްޓަން މެސީއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން ޖަހައިދިނީ މެސީ އެވެ.
މި ނަތީޖާއާއިއެކު ބާސެލޯނާ އޮތީ 11 މެޗުން 17 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ލެވަންޓޭއާ ދެކޮޅަށް ރޭ ބާސެލޯނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ބާސާ އަތުން ބަލިވި ލެވާންޓޭ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 12 މެޗުން 11 ޕޮއިންޓާއެކުއެވެ.
ސްޕެނިޝް ލީގުގައި މިވަގުތު އެއްވަނާގައި އޮތީ ރެއާލް ސޮސިއެޑާޑް އެވެ. އެޓީމު ރޭ ކުޅުނު މެޗު އެއްވަރުވެ މިހަފްތާގައި އެޓްލެޓިކޯ މެޓްރިޑް، ރެއާލް މެޑްރިޑާއި ވާދަކޮށް 2-0 އިން ބަލިވުމާއި ގުޅިގެން އެޓްލިކޯއަށް ވަނީ އެއްވަނައިގެ ޖާގަ ގެއްލިފައެވެ. ސޮސިއެޑާޑް އެއް ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ 11 މެޗުން އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. ރެއާލް މެޑްރިޑް އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ކޮމެންޓު ފޮނުވާ