އަރްބާޒް މާދަމާ ކައިވެނި ކުރަނީ

އަރްބާޒް މާދަމާ ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
23 ޑިސެމްބަރ 2023 04:25
0

ކުރީގެ އެކްޓަރު އަދި ބަތަލާ މަލައިކާ އަރޯރާ ގެ ކުރީގެ ފިރިމީހާ އަރްބާޒް ހާން ދެވަނަ ކައިވެންޏަށް ތައްޔާރުވެއްޖެއެވެ.

މީޑިއާ ރިޕޯޓަތަށް ބުނާގޮތުގައި މި ކައިވެނި މާދަމާ ކުރެވިގެންދާނެއެވެ. އަރުބާޒް ދެވަނަ ކައިވެންޏަށް ތައްޔާރުވެފައި މި ވަނީ ކައިވެނި ރޫޅުނު ހިސާބުން ފެށިގެން ރައްޓެހިވެގެން އުޅުނު އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެންޑްރިއާނީއާ، 33، ރުޅިވި ވާހަކަ މި މަހުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެކަން ޖިއޯޖިއާ ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި އަރުބާޒްގެ އާ ބައިވެރިއަކީ މޭކަޕް އާޓިސްޓް/ހެއާ ސްޓައިލިސްޓް ޝޫރާ ޚާން ކަމަށެވެެ. އެ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަރުބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގައި މި މަހުގެ 24 ވަނަ ދުވަހު އެވެ.

 

View this post on Instagram

 

A post shared by Arbaaz Khan (@arbaazkhanofficial)

އަރުބާޒަކީ ސަލްމާންގެ ހަތަރު ކޮއްކޮއިންގެ ތެރެއިން އޭނައާ ޖެހުނު މީހާ އެވެ. ކުރިން ފިލްމް ތަކުން ފެނުން އެކްޓަރު ގެ ފިލްމީ ކެރިއަރު ވަނީ މިހާރު އެއްކޮށް ނިމުމަކަށް އައިސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.