މިފަހަރު 3 ރަންވީރު

މިފަހަރު 3 ރަންވީރު

Author
ފާތިމަތު ނާވީ
23 ޑިސެމްބަރ 2023 04:40
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރަންވީރު ސިންގ ގެ ދެ ވެކްސް ސްޓެޗޫއެއް މަޝްހޫރު މެޑަމް ތުސޯޑްސް މިއުޒިއަމްގައި ބަހައްޓާފިއެވެ.

ރަންވީރުގެ ދެ ސްޓެޗޫއެއް ދައްކާލާފައިވާއިރު އެއް ސްޓެޗޫގައި އޭނާ ހުންނަނީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގަ އެވެ. އެ ސްޓެޗޫގައި އޭނާ ވަރަށް ސްމާޓްކަމަށް ދައްކައެވެ. އަނެއް ސްޓެޗޫ ފެންނަނީ އެކި ކުލަތައް ހިމެނޭ ކުރުތާއެއްގަ އެވެ. މީ ވަރަށް ރަންވީރު ސްޓައިލް ގެ ސްޓެޗޫއެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ސްޓެޗޫތައް ފަރުމާކޮށް ޑިޒައިން ކުރުމުގައި ހުދު ރަންވީރު އަމިއްލައަށް މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން އެ ހެދުންތަކަކީ އޭނާގެ ހޮވުންތަކެކެވެ. އަދި އެއީ އެންމެ ރަނގަޅު ހޮވުންތަށް ކަމަށް ގަބޫލުވެސް ކުރެވެއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

2019 ވަނަ އަހަރުގެ އައިފާ އެވޯޑްސްގައި ރަންވީރަށް "ދަ ފިއުޗާ އެވޯޑް" ލިބުމާއެކު އިއުލާން ކުރެވުނު އެ ދެ ސްޓެޗޫ އާއްމުންނަށް ދައްކާލެވިފައި މިވަނީ ހަތަރު އަހަރު ފަހުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.