އެސްޓީއޯ އިން ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފި

Author
ހުސެއިން
08 ޑިސެމްބަރ 2023 07:26
0

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި އެސްޓީއޯއިން ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކުރި ހަތަރުވަނަ ފަހަރެވެ. އެންމެފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެފަހަރު އެސްޓީއޯއިން ވަނީ 15.14 ރުފިޔާގައި ހުރި ޕެޓްރޯލް ލީޓަރެއްގެ އަގު 14.73 ރުފިޔާއަށް ހެޔޮކޮށްފައެވެ.

މިފަހަރު މި ގެނައި ބަދަލުގައި އެސްޓީއޯއިން ވަނީ މިހާރު 14.73 ރުފިޔާއަށް ހުރި ޕެޓްރޯލް ލީޓަރެއްގެ އަގު، 14.33 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި 15.07 ރުފިޔާއަށް ހުރި ޑީސެލް ލީޓަރެއްގެ އަގު 14.62 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. މި ބަދަލާއެކު، ޕެޓްރޯލް ލީޓަރަކުން  0.40 ލާރި އަދި ޑީސެލް ލީޓަރަކުން 0.45 ލާރި މިވަނީ ހެޔޮވެގެން ގޮސްފައެވެ.

މުޅި ދުނިޔެއަށް އައި ކޮވިޑް-19 އާލަމީ ވަބާއައި، އަދި އޭގެ ފަހުން ފެށުނު ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ. އެއާއެކު ފާއިތުވެދިޔަ މުއްދަތުގައި ރާއްޖޭގައިވެސް ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.

އަދި ކުރީ ސަރުކާރުން ޖީއެސްޓީއަށް ބަދަލު ގެންނަން ޖެހުނީވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަށްއައި ބަދަލު ފޫބެއްދުމުގެ މަގުސަދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.