އެސްޓީއޯގެ އެމްޑީކަމަށް ޝިމާދު ހަމަޖައްސައިފި

އެސްޓީއޯގެ އެމްޑީކަމަށް ޝިމާދު ހަމަޖައްސައިފި

Author
ހުސެއިން
28 ނޮވެމްބަރ 2023 05:38
0

ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އެމްޑީކަމަށް ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.

އޭނާ އެމްޑީކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ އެސްޓީއޯގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. ޝިމާދު މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ އެކައުންޓިން ދާއިރާއިންނެވެ. އޭނާވަނީ ކުރިން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޕްރައިވެޓް ސެކްޓާރގަވެސް މަސައްކަތް ކުރައްވާފައެވެ،

އެސްޓީއޯގެ އެމްޑީކަމުގައި އެންމެ ފަހުން ހުންނަވާފައިވަނީ އަބުދުﷲ ސައީދުއެވެ. އޭނާ އެމަގާމަށް ރައީސް ސާލިހު ހަމަޖެއްސެވީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މަގާމުން ވަކި ކުރައްވާފައެވެ،

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.