އަންނަ މަހުގެ 7އާއި ހަމައަށް ދައުރު ދަންމާލަން ފާސްކޮށްފި

އަންނަ މަހުގެ 7އާއި ހަމައަށް ދައުރު ދަންމާލަން ފާސްކޮށްފި

Author
އައިޝަތު އަޙްމަދު
27 ނޮވެމްބަރ 2023 06:08
0

ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދައުރު ދަންމާލަން ނިންމީ ބަޖެޓު ފާސްކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ހުރުމުންކަމަށެވެ. ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގައި ނުނިމިހުރި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި އައު ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުންވެސް ހިމެނެއެވެ. އެ މައްސަލަ ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ.

މަޖިލީހުގެ މިދައުރުގެ ބޮޑު ބައެއް ދިޔައީ އެއްވެސް މަސައްކަތެއް ނުކުރެވިއެވެ. އެއީ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ދުރުކުރުމަށް ހުށައަޅަފައިވާ މައްސަލަ ނުނިމި ދިގުލައިގެންނެވެ. އެހެންކަމުން އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ފާއިތުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.