ފ. ނިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ: އަދި މީހަކު ހައްޔަރެއް ނުކުރޭ

ފ. ނިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ: އަދި މީހަކު ހައްޔަރެއް ނުކުރޭ

Author
ޙަސަން މުޙައްމަދު
18 މާރޗް 2026 12:00
0

ފ. ނިލަންދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅޭ ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅީ ސީދާ ކޮން ފަރާތަކުންކަން މިހާތަނަށް ކަށަވަރުވެފައި ނުވިނަމަވެސް، ފުލުހުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ. އެ ހާދިސާގެ މައުލޫމާތު އެނގޭ ރަށުގެ ބައެއް މީހުންނާ ހަވާލާދީ ބައެއް މަސްދަރުތަކުން ބުނާގޮތުގައި، އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ކުއްޖާގެ ދޮންބައްޕައެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.