މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މި މައްސަލައާ ގުޅިގެން ހާޒިރުވުމަށް އަންގާފައިވަނީ ވ. ރަކީދޫ، ނަރުގިސްވިލާ، އުމުރުން 40 އަހަރުގެ އިޤްބާލް އަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ މި މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.
އިޤްބާލް ފުލުހަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކުރަން ޖެހުނީ، އޭނާ މިހާރު ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު އޭނާއާ ހަވާލުކުރެވިފައި ނުވާތީ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން، މާރިޗު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ