ހުޅުމާލޭ ގެއެއްގައި ރޯވެ ކޮޓަރިއެއް އެއްކޮށް އަނދައިފި

ހުޅުމާލޭ ގެއެއްގައި ރޯވެ ކޮޓަރިއެއް އެއްކޮށް އަނދައިފި

Author
ޙަސަން މުޙައްމަދު
17 މާރޗް 2026 11:48
0

ހުޅުމާލޭގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ކޮޓަރިއެއް އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11395 ގައެވެ. މި ހާދިސާގައި އެގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ގޭގެ ސިޓިންގ ރޫމަށާއި އަނެއް ކޮޓަރިއަށްވެސް ވަނީ ކަޅު ދުމާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް އެންޑީއެމްއޭ އިން ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ގޭގައި އުޅެމުންދިޔަ 7 މީހަކަށް ބޭނުންވާ އަންނައުނާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހަށް އެ މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަންވެސް މިހާރު ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.