ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކެމްޕެއިން ކުރާތީ މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކެމްޕެއިން ކުރާތީ މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

Author
މުޙައްމަދު ޖިމީ
12 ޑިސެމްބަރ 2020 01:58
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ދޮރުން ދޮރަށް ހިނގުންފަދަ ކެމެޕެއިން ކުރުމުގެ ފުރުޞާތު މިހާރު ދެއްވީތޯ އިލެކްޝަންސް ކޮމިޝަނާއި އެކޮމިޝަންގެ  ރައީސް އަޙްމަދު ޝަރީފާއި، އެޗްޕީއޭ ޓެގްކުރައްވާ ސުވާލު ކުރެއްވާފައެވެ.

އަޅުގަނޑު މިހުންނަނީ މީ އަދި ޤާނޫނީ ގޮތުން މަނާކަމަކަށް ދެކިގެން. އެމްޑީޕީ ކެނޑިޑޭޓުން ކެމްޕެއިން ކުރަމުން ދާތީ، ހަމަހަމަ ފުރުޞަތު ދެއްވުން އެދެން

– ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ފުރުޞަތު ނުދެއްވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދަނީ ކަންބޮޑޫވުން ފާޅުކުރަމުންނެވެ. މިސަރުކާރުގެ އިސްވެރިން ކޯވިޑް-19ގެ މި ޙާލަތުގައިވެސް ރަށްރަށް ވަޑައިގަންނަވަނީ އިންތިޚާބަށް ކެމްޕެއިން ކުރުމަށްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުދޭކަމަށްވާނަމަ ކޯޓަށް މައްސަލަ ހުށައަޅާނެކަމަށްވެސް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.