ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިރުމަށް މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާއާއެކު ޕެޓިޝަނެއް ހުށަހަޅާ އަދި، މައްސަލަ ސުޕްރިމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ދުބާއީގައި އޮންނަ 17 ވަނަ ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސްގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި ވާގޮތުން މި ބައްދަލުވުމުގައި ނަޝީދު ތަގުރީރު ކުރައްވާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
އެހެހެންނަމަވެސް މި ކޮންފަރެންސަށް ނަޝީދު ފުރާވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެއެވެ. މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ކުރައްވާ ދަތުރުފުޅުގެ ޚަބަރުތައް ފާއިތުވެދިޔަ ތަނުގައި މަޖިލިސް އިދާރާއިން ރަސްމީކޮށް ހާމަ ކުރެއެވެ.
މި ކޮންފަރެންސަށް ނަޝީދަށް ރަސްމީ ދައުވަތެއް ލިބުކަން ޔަގީން ކުރެވިފައި ނުވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ކޮންފަރެސްގައި ނަޝީދު ބައިވެވަޑައިގަންނަވަނީ އަމިލަފުޅަށް އެދިވަޑައިގެންނެވެ. މި ކޮންފަރެންސް އިންތިޒާމްކުރާ ހެންލޭ ގުލޯބަލް ވެބްސައިޓުގައި ވާގޮތުން، ކޮންމެ ފަރާތަކަށްވެސް މި ކޮންފަރެންސްގައި ތަގުރީރު ކުރުމަށް އެދެވިދާނެއެވެ. އަދި އެކަމަށް އެދި އީމެއިލް ކުރަންވީ އީމެއިލް އެޑްރެސްވެސް އެ ވެބްސައިޓުގައި އާންމު ކޮށްފައި ވެއެވެ.
We can safely assume @MohamedNasheed put up his own name as a speaker. His name was not there in the initial list.
Just another delay tactic – running away to avoid his no confidence vote! Such an undemocratic person brings shame on the whole conference !@HenleyPartners https://t.co/r682A4C2Da pic.twitter.com/s1EBfAob4B— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) November 7, 2023
ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސްގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ތަގުރީރު ކުރެއްވުމަށް ނަޝީދު ދުބާއީއަށް ވަޑައިގެންފައިވާއިރު، ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށް އެންމެފަހުން އެމްޑީޕީން މަޖިލިހަށް ވެއްދި ޕެޓިޝަންގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެމްބަރަކު ސޮއިކޮށްފައި ވެއެވެ. އެގޮތުން، ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުންގެ އަދަދަށް ބަލާއިރު، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދު ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރުމަށް އޮތްކަން ޔަގީންވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
ގިނަ ބަޔަކު ބުނަމުންދަނީ، ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، މަޖިލިސް ރައީސްގެ ހައިސިއްތުން މަޖިލިސް ތަމްސީލު ކުރުމުގެ ހައިސިއްޔަތު ނަޝީދަށް އޮވެގެން ނުވާނެ ކަމުގައެވެ.
ނަޝީދު މަޖިލިހުގެ ރިޔާސަތުން ދުރުކުރުމަށް މަޖިލިސް ނާއިބު ރައީސް އީވާގެ އެއްބާރުލުން ނުލިބިގެން މައްސަލަ އެމްޑީޕީން މިހާރުވަނީ ސުޕްރިމް ކޯޓަށްވެސް ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި ސުޕްރިމް ކޯޓުން ވަރަށް އަވަހަށް އެމައްސަލާގެ ހުކުމް އިއްވާނެއެވެ.
7 ވަނަ ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސް ކުރިޔަށް ދަނީ ޔޫއޭއީގެ ދުބާއީގަ މިމަހުގެ 8 އިން 17 އަށެވެ.
ކޮމެންޓު ފޮނުވާ