ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވެއިތުގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންނެވި ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި ކުވޭތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި، ކުވޭތާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ކުވޭތުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއެކު ރާއްޖޭގެ އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއަށް އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި، އެކަމަަށްޓަކައި ކުވޭތު ސަރުކާރަށް ޝުކުރު އަދާކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ