އުންމީދަކީ ކައިރި މުސްތަޤްބަލެއްގައި ކޯވިޑް-19 އަށް ތަޢާރަފުވަމުންދާ ވެކްސިންތައް، މުޅި ދުނިޔޭގައި ބޭނުންކުރަންފެށި، މިހާރު ހަދަމުންދާ ޕީ.ސީ.އާރު. ޓެސްޓުތަކުގައި ދިމާވާދަތި ތަކުން އަރައިގަތުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (UNWTO) ގެ ފަރާތުން އިންތިޒާމުކުރެއްވި "ސެވަންތް ގްލޯބަލް ޓޫރިޒަމް ޓްރައިސިސް
ކޮމިޓީ" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކޯވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަރާނޭ އަހަރެއްކަމަށް ލަފާކުރައްވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުވުމުގައި UNWTO ގެ ސެކްރެޓަރީ-ޖެނެރަލް ރޫރަތް ޕޮލޮލިކަޝްވިލި، UNWTO އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ބަލާލާ، ICC ގެ ސެކްރެޓަރީ-ޖެނެރަލް ޖޯން ޑެންޓަން، ICAO ގެ ސެކްރެޓަރީ-ޖެނެރަލް ފޭންގ ނިއުގެ އިތުރުން މެމްބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި UNWTO އިން އެކުލަވާލެއްވި ކޮމިޓީއެކެވެ.
ކޮމެންޓު ފޮނުވާ