20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ހުޅުމާލޭ އަމީން އެވެނިއު ފްލެޓަކަށް ބަދަލުވެ ވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ގެ ބަދަލު ވެފައިވަނީ މާލޭގައި ދިރިއުޅުއްވަމުންދިޔަ ގެއިން ނިކުންނަށް ޖެހި ވަޑައިގަތުމުންނެވެ. އަދީބު ހުޅުމާލެ އަށް ބަދަލުވެ ވަޑައިގެންފައިވާއިރު އޭނާގެ ސެކިއުރިޓީގައި ކަރެކްޝަންގެ އޮފިސަރުން އަބަދުވެސް ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލު ކޮށްފައިވާ ސަބަބާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ އަދީބު ނިދުމުގައި މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ ޖަލު ތެރެއަށް ވެއްޓި ނިތްކުރި ދުޅަވުމަށްފަހު ދިމާވި މައްސަލަތަކެއްގައިކަމަށް ޑޮކްޓަރުން ދޫކޯށްފައިވާ ލިޔެކިއުމުން އެނގޭކަމަށެވެ. އެގޮތުން އަދީބު ނިދުމުގައި މައްސަލަތަކެއް ހުރުމުން އޭނާ ނިދުމުގައި ޚާއްޞަ މެޝިނެއް ބޭނުންކުރުމަށް ޑޮކްޓަރުންލަފާދެއްވާފައިވާތީ އެމެޝިނަކީ ޖަލުގައި ބަހައްޓައިގެން ބޭނުންކުރެވޭނެ މެޝިނަކަށްވެސް ނުވާތީކަމަށެވެ. އެހެންކަމުން އަދީބު ގޭ ބަންދަށް ބަދަލުކުރީ އެހުރިހާ ކަމަކަށް ރިޔާއަތްކޮށްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ވަނީ ސާބިތުވެ 20 އަހަރަށް ޖަލަށްލާން ހުކުމްކުރިނަމަވެސް އަދީބުގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ވަނީ ގެއަށް ބަދަލުކޮށްފައެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެޑައިގެންފައެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތު އަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ