ޤުރުއާން އަޑުނާހަން އަބޫޖަހުލުމެންގެ ގުރޫޕް ކަންފަތުގައި ކަފަޖަހައިގެންވެސް އުޅުނު: ސަލީމް

ޤުރުއާން އަޑުނާހަން އަބޫޖަހުލުމެންގެ ގުރޫޕް ކަންފަތުގައި ކަފަޖަހައިގެންވެސް އުޅުނު: ސަލީމް

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2020 08:55
0

ޤުރުއާން އަޑުނާހަން އަބޫޖަހުލުމެންގެ ގުރޫޕް ކަންފަތުގައި ކަފަޖަހައިގެންވެސް އުޅުނުކަމަށް އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ޤުރުއާނުގެ އާޔަތްތަކާއި، އޭގެ މާނަ ވިދާޅުނުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކޮށް ސަލީމް ވިދާޅުވީ ޤުރުއާންގެ އާޔަތްތައް ކިޔައި ޤުރުއާން ކިޔަވަން ޖެހޭނީ ވަކި މީހެއްގެ ހުއްދަ ހޯދައިގެން ނޫންކަމަށެވެ. މުސްލިމު ޤައުމެއްގެ ސިޔާސަތު ބިނާވެފައި އޮންނަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި ކަމަށްވާއިރު، އެކަން އެނޫންގޮތަކަށް އަބުރާލަން އުޅުމަކީ ޖާގަ ދެވޭނެ ކަމެއްނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

ޤުރުއާނުގެ އާޔަތް ކިޔަނީ މީހަކު ހުއްދަ ދީގެނެއްނޫން. ދީނާއި ސިޔާސަތު ވަތްކެއް ނުކުރެވޭނެ. މުސްލިމު ޤައުމެއްގެ ސިޔާސަތު ބިނާވެފައި އޮންނަން ޖެހޭނީ ޤުރުއާނާއި ސުންނަތުގެ އަލީގައި. ޤުރުއާން އަޑުނާހަން އަބޫޖަހުލުމެންގެ ގުރޫޕް ކަންފަތުގައި ކަފަޖަހައިގެންވެސް އުޅުނު.

– އަހުމަދު ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގައި ސަލީމް ޤުރުއާން ވިދާޅުމުން މަޖިލިސް ރައީސް ވަނީ ސަލީމް ހުއްޓުވައި މަޖިލީހުގައި ދީނީ އިލްމުވެރިން ނެތްކަމަށް ވިދާޅުވެ ސަލީމް ހުއްޓުވާފައެވެ. އަދި އެމަނިކުފާނަކީވެސް ދީނީ އިލްމުވެރިއަކަށް ނުވުމުން ކިޔަވަމުންދަނީ ރަނގަޅަށްތޯ ނޫނީ ނުބައިކޮށްތޯވެސް ބުނަން ނޭގޭ ކަމަށެވެ. ޤުރުއާން ކިޔެވުމާއި ގުޅޭގޮތުން މަޖިލިސް ރައީސް މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، މަޖިލިސް ރައީސް ވަނީ މިހަފްތާގައި މަޖިލީހުގެ ޖަލްސާއެއް މައުރިބު ނަމާދަށްފަހު މެދުކަނޑާނުލައި ކުރިއަށް ގެންދިއުމުން އެކަމުގައި ރައުޔެއް ނެރެފައެވެ.

މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ނަމާދަށް ދިއުން އޮންނަނީ އެކުރަން ތިބޭ ކަމެއް އަވަހަށް ކޮށް ނިންމާލުމަށް ފަހުގައި ކަމަށެވެ. ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ. ޚާއްސަކޮށް ދީނީ އިލްމުވެރިންގެ ބޮޑު ނުރުހުމެއް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.