ކާޑެއްދުއާއި، ތިނަދޫ ބްރިޖަކުން ގުޅާލައި ތިނަދޫއަށް ތަރައްޤީ ޔަގީކޮށްދޭނަން: މުއިއްޒު

ކާޑެއްދުއާއި، ތިނަދޫ ބްރިޖަކުން ގުޅާލައި ތިނަދޫއަށް ތަރައްޤީ ޔަގީކޮށްދޭނަން: މުއިއްޒު

ތިނަދޫ ރައްޔިތުން ކާޑެއްދޫއަށް ދިއުމަށްޓަކައި މިހާރު އުފުލަންޖެހޭ ތަކްލީފުތަކަށް ނިމުން ގެނެސް، ތިނަދޫއާއި ކާޑެއްދޫ ބުރިޖަކުން ގުޅާލަ ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގަިއ ތިނަދޫއަށް ވަޑައިގެން ތިނަދޫގެ ރައްޔިތުންނާއ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކޮށް ދެއްވާނެކަމަށް ފުރަަމަ ބުރުގައި ވަޑައިގެން ވައުދުވިތާ މަދު ދުވަސް ތަކެއްގެ ތެރޭގައި ރައީސް ޞާލިހު ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވި ކަމަށެވެ. އެކަމާއި ވަރަށް އުފާ ކުރައްވާ ކަމަށާއި، ނަމަވެސް ތިނަދޫ ސިޓީއަކަށް ބަދަލުވާންޖެހޭނީ ނަންބޯޑު ހަރުކޮށްލާ އުސޫލަކުން ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިްޒު ވިދާޅުވީ ތިނަދޫ ރައްޔިތުން އެދޭ މުހިންމު ކަންތައްތަކުގެ ތެރެއިން ތިނަދޫއާއި، ކާޑެއްދުއާއި ދޭތެރޭގައި ބްރިޖެއް އެޅުމަކީ ކޮށްދެއްވާނެ ކަމެއްކަމަަށެވެ. އެކަން ކޮށްދޭނީ ކާޑެއްދޫ އެއާޕޯޓްވެސް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކޮށް ޒަމާނީ ހެޔޮ ބަދަލު ތަކާއި އެކުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ

މުއިއްޒު ތިނަދޫއަށް ވެވަޑައިިގެންނެވި ބައެއް ވައުދުތައް:

– ހުރިހާ މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަަކަށް ހަދާދޭނަން
– ހިއްކިބުމުގައި ހުރިހާ އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް ތަރައްޤީީ ކޮށްދޭނަން
– 1،000 ހައުސިން ޔުނިޓް އަޅާދޭނަން
– ރޭސިން ޓްރެކެއް އަޅާދޭނަން
– ސްޕެޝަލް އިކޮނިކް ޒޯނެއް ގާއިމް ކޮށްދޭނަން
– ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ޚިދުމަތްތައް ޤާއިމް ކޮށްދޭނަން

މުއިއްޒު ވިދާޅުވީ ތިނަދޫގެ ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ތަރައްޤީ ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށެވެ. ތިނަދޫ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް އިހުލާސްތެރި ކަމާއިއެކު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *