މައި އާސަންދަ ޕޯޓަލް އޮންލައިންކޮށްފި

މައި އާސަންދަ ޕޯޓަލް އޮންލައިންކޮށްފި

Author
އަޒްފާ ރަޝީދު
02 އޮގަސްޓް 2023 11:30
0

މައި އާސަންދަ ނަމުގައި ވެބް ޕޯޓަލެއް ތައާރަފުކޮށް، އާސަންދައިގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު އިއްޔެ ހަމަޖައްސައިފި އެވެ.

އާސަންދަ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިއްހީ އިންޝުއަރެންސަށް ކަނޑައަޅާފައިވާ ޤައުމީ ނިޒާމެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ ޕޯޓަލް ތައާރަފުކުރުމުން އެ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު، މި މަހު 15 އިން ފެށިގެން ބަލައިގަންނާނީ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ.

އަދި އެ ކުންފުނިން ދޭ އެހެނިހެން ހިދުމަތްތައް ވެސް މީގެ ފަހުން ލިބޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ

އޮންލައިންކޮށް ހިދުމަތްތައް ދިން ނަމަވެސް އަދިވެސް އާސަންދަ އޮފީހަށް އައިސް އެޕްލިކޭޝަން ފޯމް ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދައިން ބުނީ އީ-ފާސް މެދުވެރިކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް އާސަންދަ ޕޯޓަލްއަށް ވަދެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.