އާސަންދަ ބަޖެޓް ހުސްވެއްޖެ، އިތުރަށްވެސް ހޭދަކޮށްފި

އާސަންދަ ބަޖެޓް ހުސްވެއްޖެ، އިތުރަށްވެސް ހޭދަކޮށްފި

ގުޅުންހުރި

ދައުލަތުގެ އިންޝުއަރެންސް ސްކީމް އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެއެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1.04 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 1.11 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރި 924.8 މިލިއަން ރުފިޔާއަށްވުރެ 185 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބަޖެޓް ކުރާ އަދަދަށް ވުރެ ކޮންމެ އަހަރަކު ވެސް އާސަންދައިގެ ހަރަދުތައް މަތިވެ، އިތުރުވާ ބައި ހޯދަން ޖެހެނީ ބަޖެޓް ކޮންޓެންޖެންސީގެ ތެރެއިންނެވެ.

ފާއިތުވި ތިން އަހަރު ވެސް އާސަންދަ އިން ވަނީ ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު އިތުރަށް 255.6 މިލިއަން ރުފިޔާ، 2021 ވަނަ އަހަރުގެ އިތުރަށް 844.6 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު އިތުރަށް 214 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

އެހެން އަހަރުތަކުގައި އާސަންދައަށް ބަޖެޓް ކުރާ އަދަދަށް ވުރެ ހޭދަ އިތުރުވިޔަސް، އާންމުކޮށް އާސަންދައިގެ ބަޖެޓް ހުސްވެ، އިތުރުކުރަން ޖެހިފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ. މިއީ ބަޖެޓް އަހަރު ދެބައިވިތަނުން ހުސްވި ފުރަތަމަ ފަހަރެވެ.

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުން ދަނީ ސަރުކާރަށް ލަފާ ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ހަގީގަތުގަ ހުސްނުޥަ އާސަންދަ ތައާރފް ކުރި ފަހުން އޭގެ ބޭނުމް ނަހަމަގޮތުގަ ބޭނުން ކުރާކަމަށް ފާހަގަ ވޭ. އާދައިގެ ރޯގާއެއް ޖެހިގެން ޒުވާުން ވެސް ދުވާލަކު އެއްފަހަރު އެނަ ދައްކާ. ބައެއް މީހުން ހެނދުނު ދައްކާފަ ރަނގަޅު ނުވިޔޭ ކިޔާފަ ބޭސް އުކާލާފަ ހަވީރު އެބަ ދައްކަން އާދޭ. ބިދޭސީ ޑޮޚްޓަަރުންނަށް ބިރުދައްކައިގގެން ހިތުހުރި ޓެސްޓެއް ގަދަފަދަ ޒުވާނުން އެބަ ހައްދާ. މަހަކުު އެއްފަހަރު އެހެން ޓެސްޓުހެދި މީހަކު އަޅުގަނޑު ގާތަށް އައުމުންއެ ނުދިނީމަ ހުތުރުބަހުން އެއްޗިހިކިޔާފަ ނިކުތީ. ސަރުކާރުން ވެއްޖެ މި ލިމިޓުކުރަަން. ދިގުމުއްދަތަށް ބޭސްކާ މީހުންނަށް އިންޝުއަރަންސް ބޮޑުކޮށް ބަހައްޓާފަ އެހެންމީހުންނަށް މަދަނަ ސްކީމް ގޮތަށް ލިމިޓު ކުުރަންވީ.

  2. ކޮވިޑް ކޭލާރި ގަޑު ވެރިކަން ނިމެންވާއިރަށް ކޮންމެވެސް ތާކުން ނެރެގެން ހަމަކުރަނީ ނޫނީ ކެމްޕެނަށް ބޭނުން ކުރަނީ ތީ؟ ޙުސްވަގުނޭ ސަލާމަތް ވާނެބާ؟ ނޫނީ ކެވިފައިހުރިވަރުން ބަގުރޫޓް ވާތީ ފުވަކޭ ކިޔަނީތާ؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ