ރީ-ރެޖިސްޓްރޭޝަނަށް މިމަހު 16 ގައި ހުޅުވާލަނީ

ރީ-ރެޖިސްޓްރޭޝަނަށް މިމަހު 16 ގައި ހުޅުވާލަނީ

ސެޕްޓެމްބަރ 9 ގައި ބާއްވަން ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ކުރުން ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންްސް ކޮމިޝަނުން ބުނީ  އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ޖުލައި 29 ގެ ނިޔަލަށް ކަމަށެވެ. އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށެވެ.

3 ސެޕްޓެމްބަރ 9 އަކަށް 18 އަހަރު ފުރޭ، 138،317 އަންހެނުންނާއި، 144،355 ފިރިހެންނާއެކު ޖުމްލަ 282،672 މީހުންގެ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވެއެވެ.

ވޯޓާސް ލިސްޓަށް ލިބުނު 551 ޝަކުވާއަށް އިސީ އިން މިހާރު ޖަވާބު ދީފައިވާ ކަމަށާއި، ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާމީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

އަދި މިހަފްތާތެރޭގައި ވޯޓުލާމީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *