އަމާޒަކީ ވެރިކަން ބަދަލުކުރުން، ދެން ބާއްވާ ޖަލްސާތަކުގައި ނަޝީދު ބައިވެރިވާނެ: ހަސަން

އަމާޒަކީ ވެރިކަން ބަދަލުކުރުން، ދެން ބާއްވާ ޖަލްސާތަކުގައި ނަޝީދު ބައިވެރިވާނެ: ހަސަން

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2023 10:30
0

އެމްޑީޕީގެ ތެރެއިންނ އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން އުފެއްދުމަށް މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓް"ގެ ޖަލްސާތަކުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާނެކަމަށް އެ ޕާޓީގެ މުއައްސިސު އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ސަރުކާރު ހުޅުވުމާއިއެކު އިލެކްޝަންސް ކޮމިޝަނުން ދޭނެކަމަށެވެ.

ދަ ޑިމޮކްރެޓްސް އިން ޤާނޫނުގައިި ބުނާ ޖަލްސާ ބާއްވައި އަދި އެޖަލްސާގައި ފާސްކުރަންޖެހޭ އެންމެހާ ކަންކަން ފާސްކޮށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެކަމަށެވެ. ޕާޓީ އުފެއްދުމަށްފަހު އަމާޒު އޮތީ އިލެކްޝަނުން ހުއްދަ ދިނަސް ނުދިނަސް ރިޔާސީ ކެމްޕެއިން ފަށާނެކަމަށް ހަސަން ވިދާޅުވިއެވެ. އަދި ޕާޓީ އުފެއްދުމަށް ހުރަސް އަޅައި، އެކަން ނުކުރެވޭނެހެން ހިފެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކުރިއަށް އޮތް ކަންމަތީ ބަންލުވުންތަކާއި ޖަލްސާތަކުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.

އަޅުގަނޑުމެންގެ ޖަލްސާއަށްފަހު ދެން މުޅި ރާއްޖެއަށް ފެތުރިގަންނާނެ. އިރާދަކުރެއްވިއްޔާ ދެން އޮންނަ ޖަލްސާތަކުގައި އަޅުގަނޑުމެންނާއިއެކު ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެ. ވަރަށް ގިނައިން އަންނަ ސުވާލެއް އަޅުގަނޑުމެންނާއި ރައީސް ނަޝީދު ކޮން އިރަކުންތޯ މިޕާޓީއާއި ގުޅިވަޑައިގަންނަވަނީ. ޑިމޮކްރެޓްސް އުފައްދަންވީމާ އަޅުގަނޑު މިވަގުތު ކަންދިމާކުރި ގޮތުން މުއައްސިސަކަށް ވެފަ މިއޮތީ.

– ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނެރޭނެ ކެނޑިޑޭޓަކާއި ގުޅޭ ގޮތަކުން ނޫންކަމަށެވެ. ކަންބޮޑުވުން އޮތީީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމާއި މެދުކަމަށެވެ. ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ހަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައި ވަނީ މެއި 24 ގައެވެ. އަދި ހަފްތާއެއްގެ ތެރޭގައި 3،560 ފޯމް ވަނީ އީސީ އަށް ހުށަހަޅައިފައެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމުގެ ރިކޯޑު އޮތީ ޑިމޮކްރެޓްސްއަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނެތް ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ނުކުންނަވާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.