ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެމްއާރުއެމްގެ ޒަބީހު ވަކިކޮށްފި

ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެމްއާރުއެމްގެ ޒަބީހު ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 09:22
0

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކޮށްފިއެވެ.

ޒަބީހު ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް މިއުވާން ވިދާޅެއް ނުވެއެވެ. ޒަބީހަކީ އެމްއާރުއެމްގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ކުރާ ފެކްޝަނަކާއި، ރައީސް ޞާލިހަށް ތާއީދު ނުކުރާ ފެކްޝަންގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ނުކުރާ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.

ޒަބީހް އެ މަގާމުން ވަކިކޮށްފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވެސް މިނިސްޓަރުގެ މަގާމުގައި އެ ހުންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. މި ފަހުން އެމްއާރްއެމްއިން ބަޔަކު ވަކިވި ނަމަވެސް މިނިސްޓަރު ޗަބީ އެމްއާރްއެމް ދޫކޮށްލައްވާފައެއް ނުވެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މިހާރު ކޯލިޝަނުގައި ތިބި ޖޭޕީ، އެމްއާރުއެމް އަދި އަދާލަތު ޕާޓީއަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޓިކެޓު ލިބުމާއެކު ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީއަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ އަދާލަތުން އެކަންޏެވެ.

މިހާތަނަށް ޖޭޕީ އަދި އެމްއާރުއެމްގެ ސްލޮޓުތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކޮށްފައި ނުވި ނަމަވެސް ޒަބީހު ވަކިކުރަން ނިންމި ނިންމުމާއެކު އެކަން ބަދަލުވާނެކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުން ވަކި ކުރާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.