ރައްޔިތުންގެ މަޖިލީހުގެ ކާށިދު ދާއިރާގެ މެމްބަރު ޖާބިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދައުވަތު ދެއްވައިފިއެވެ.
ފައްޔާޒު ޖާބިރަށް މިދައުވަތު ދެއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވެއްޓިގެންދާނެ މިންވަރު ސިފަކުރައްވަން މަލާމާތެއް ކުރައްވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުގައެވެ.
ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ ޕާޓީއާއި ގުޅެންހުރި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ކޮންމެ ރަށެއްގެ، ކޮންމެ އާއިލާއަކުން އައި މީހެއް ނަމަވެސް އޭނާއަށް އެންމެ މަތީ މަގާމާއި ހަމައަށް ވާސިލްކޮށްދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އަޅުގަނޑު އިލްތިމާސް ކުރަން އަދި ދައުވަތު ދެން މެމްބަރު ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް. ޖެންޒީ އޮތީ ޗެނާއަށް ޖާބިރާ އެކު.
– ފައްޔާޒު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނަޝީދު ކުރައްވަން އޮތް މަސައްކަތް އެމްޑީޕީއާ ހިސާބުން ނުނިމޭ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ. އީވާ ވަނީ މިޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.