އެމްބާ ދިން އެއް މިލިއަން ޑޮލަރު ޗެރިޓީއަކަށް

އެމްބާ ދިން އެއް މިލިއަން ޑޮލަރު ޗެރިޓީއަކަށް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްއާ ދެކޮޅަށް އުފުލި އަބުރުގެ ދައުވާގައި ޑެޕްގެ ކޮޅަށް މައްސަލަ ނިމި، އެމްބާ ދޭން ޖެހުނު އެއް މިލިއަން ޑޮލަރު ލިބި، އެ ފައިސާ 5 ޗެރިޓީއެއްގެ މެދުގައި ބަހާލަން ނިންމައިފި އެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ އެ މައްސަލަ ޖޯނީއާ އެއްކޮޅަށް ނިމި ޖުމްލަ އެއް މިލިއަން ޑޮލަރު ދޭން ޖެހުނެވެ. އެ ހުރިހާ ފައިސާއެއް ތަފާތު ފަސް ސަދަގާތް ފަންޑަކަށް ދޭނެ ކަމަށް ޖޯނީ ވަނީ އިއުލާން ކޮށްފަ އެވެ. މި ސަދަގާތް ފަންޑުތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުދިންނަށް އެހީވާ ފަންޑަކާއި ރައްކާތެރި ގެދޮރު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަންޑެއް ވެސް ހިމެނެ އެވެ.

ޖޮނީ ޑެޕްގެ ގާތް މީހަކާ ހަވާލާދީ ސީއެންއެން އިން ބުނިގޮތުގައި ފަސް ޗެރިޓީއެއް ހޮވައި އެއިން ކޮންމެ ބަޔަކަށް 200،000 ޑޮލަރު ދޭން އޭނާ ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވަޖިނިއާގެ ކޯޓަކުން ބެލި މައްސަލައިގެ ޖޫރީން ވަނީ އަބުރުގެ ދައުވާ ދެ މީހުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެއާއެކު އެމްބާގެ އަތުން ޖޮނީއަށް 15 މިލިއަން ޑޮލަރު އަދި ޖޮނީގެ އަތުން އެމްބާއަށް 2 މިލިއަން ޑޮލަރު ނަގައިދިނުމަށް ޖޫރީން ނިންމި އެވެ.

2015 ވަނަ އަހަރު ސިއްރުން ކައިވެނި ކުރުމަށްފަހު ޖޯނީއާއި އެމްބާ ވަނީ ޖެހިގެން އައި އަހަރު ވަރިވެފަ އެވެ. އެމްބާ ދާދި ފަހުން ވަނީ އޭނާގެ ދަރިފުޅާ އެކު އެމެރިކާ ދޫކޮށް، ސްޕެއިނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *