ސްޕައިޑާ-މޭންގެ ރޯލުން މަޝްހޫރުކަން ހޯދައިފައިވާ މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޓޮމް ހޮލެންޑަށް އެކްޓިން ކެރިއަރު މެދުކަނޑާލަން ޖެހިއްޖެ އެވެ.
އޭނާ ފިލްމީ ކެރިއަރުން އެއް އަހަރުގެ ޗުއްޓީއެއް ނެގުމަށް ނިންމައިފައިވަނީ އެޕަލް ޓީވީ+ އިން ދެއްކުމަށް އުފައްދާފައިވާ ސިލްސިލާ 'ދަ ކްރައުޑެޑް ރޫމް' ގައި ކުޅެފައިވާ ރޯލާގެ ސަބަބުން ދިމާވި ނަފްސާނީ ކަންތަށް ތަކާއި ގުޅިގެންނެވެ.
އަނިޔާ އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކެއް ހިމެނޭ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. މި ރޯލު ކުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ޓޮމް އަށް ވަނީ އަސަރުކޮށްފައިއެވެ. އެހެން ކަމުން އޭނާ އެކްޓު ކުރުމުން އެއް އަހަރުގެ ބްރޭކް ނެގީއެވެ.
މި ބްރޭކްގެ ބޭނުން ވަރަށް ހެޔޮގޮތުގައި ހިފުމަށް ނިންމައިފައިވާ ކަމަށް ވެއެވެ. އެގޮތުން އާއިލާ އާއި އެކުގައި ވަގުތު ހޭދަކުރުމާއި ގައުމުތަކަށް ޗުއްޓީ އަށް ދިއުމާ ގޮލްފް ކުޅުން ފަދަ ކަންކަން ކުރުމަށް ޗުއްޓީގެ ބޭނުން ހިފާނެ ކަމަށް އޭނާ ބުނެއެވެ.
ކޮމެންޓު ފޮނުވާ