އެމްއާރުއެމްގެ މަސައްކަތްތައް އަލުން ފެށުމަށް ގޮވާލައިފި

އެމްއާރުއެމްގެ މަސައްކަތްތައް އަލުން ފެށުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
29 މެއި 2023 08:20
0

ޕާޓީ އުވާނުލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާއެކު ޕާޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްއާރުއެމުން މެންބަރުންނަށް ގޮވާލައިފިއެވެ. އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ.

އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސާލެއްވުމަށް ސިވިލް ކޯޓުން ވަނީ 30 ދުވަހުގެ ވަގުތީ ޢަމުރެއް ނެރެފައެވެ. މިއަމުރާއި ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ދާކަމަށެވެ.

ނަމަވެސް، އަބަދުވެސް ޔަޤީން ކުރާކަމަކީ މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމު ކުރެވި އިންސާފަށް ވަސީލްވެވޭނެ ކަމުގެ ޔަގީން އޮތުން ކަމަށެވެ.

އަޅުގަނޑުމެން އެދެނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ތިޔަ އެންމެހާ ލޮބުވެތި މެންބަރުން، އަޅުގަނޑުމެންނާއެކު ސާބިތުކަމާއެކީ ދެމިތިބުމަށް. އެމްއާރުއެމްއިން ބުނެފައިވެއެވެ.

އެހެންކަމުން، އެމް.އާރް،އެމް ގެ މަސައްކަތްތަށް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި، ކޮމިޓީތަކާއި އަދި އެންމެހާ މެންބަރުންނަށް އެޕާން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.