އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

Author
ހުސެއިން
10 މެއި 2023 07:24
0

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލާފައިވާކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

އީސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުއާއި، ނާއިބު ރައީސް އިސްމާއިލް ހަބީބުއާއި، އަލީ ނަޝާތުއާއި، ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފް އެވެ. މުއްދަތު ހަމަވަނީ އަލީ ނަޝާތުގެ މެމްބަރުކަމުގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.