ޗާގޮސްގެ މައްސަލައާއި ގުޅުންހުރި ވަޒީރުންގެ އިތުބަރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

ޗާގޮސްގެ މައްސަލައާއި ގުޅުންހުރި ވަޒީރުންގެ އިތުބަރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

Author
ހުސެއިން
03 މެއި 2023 07:13
0

ޗާގޮސްގެ މައްސަލައާއި ގުޅުންހުރި، ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް 3 ދުވަހުގެ ތެރޭގައި މަޖިލީހަށް ވައްދާނެކަމަށް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިގެން ދިއުމާއި ގުޅިގެން، އިޓްލޮސްއިން ނިންމި ނިންމުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ ސިޔާސީ ޕާޓީތަކުންނާއި ކުރީގެ ވަޒީރުންތަކެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ޗާގޮސްގެ މައްސަލާގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި އޮތީ ކޮންވާހަކައެއްކަން މިހާތަނަށްވެސް އެގިފައި ނުވާކަމަށާއި، ސަރުކާރުން މިމައްސަލާގައި ނިންމެވި ނިންމެވުން އެއީ މިސިޓީގައި އޮތް ވާހަކައާއި ގުޅިގެން ނިންމި ނިންމުމެއްކަންވެސް ސާފުވެފައި ނުވާކަމަށެވެ.

އެހެންވީމަ އަޅުގަޑު ގަބޫލުކުރަނީ މިކަމުގަ އުޅުނު ބޭފުޅުން ޒިންމާދާރު ކުރުވަން ޖެހޭނެކަމަށް. ރައްޔިތުން މަޖިލިސް ތެރެއިން ކުރަންޖެހޭ މަސައްކަތް އަޅުގަޑުމެން އެބަކުރަން. އަޅުގަޑުމެންނާ މިކަމުގަ މި ވާހަކަދެއްކޭ ބޭފުޅުންނާއި ގުޅިގެން އަޅުގަޑުމެން ހަމަ ކުރިޔަށް މިއޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ވައްދާނަން.. މިކަމުގަ އުޅުނު ބޭފުޅުންގެ މައްޗަށް. ދެން އަޅުގަޑުމެން މަސައްކަތް ކުރަމުން މިދަނީ، މިމަސައްކަތް ކުރިަޔަށްދާ ވަރަކަށް އޭގެ ތަފްސީލު އަޅުގަޑުމެން ހާމަކުރާނަން.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ އަތުގައި އޮތް އެއްޗެއް ދޫކޮށްލިއިރު އޭގެ ސަބަބުން ގައުމަށް ލިބުނު ފައިދާއެއް ނެތްކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ބަޔަކަށް ކޮންވެސް ފައިދާތަކެއް ކޮށްފައި ވާކަމަށެވެ.

ޗާގޮސްގެ މައްސަލާގައި އިތުބާރު ނެތްކަމުގެ މައްސަލަތަކެއް ކުރިޔަށް އޮތް 3 ދުވަހުގެ ތެރޭގައި މަޖިލިހަށް ވައްދާނެކަމަށް އުޝާމް ވިދާޅުވިއިރު އޭގެ ތެރޭގައި ރައީސް ސާލިހުގެ ނަންފުޅު ހިމެނޭކަމެއް ނުވަތަ ނޫންކަމެއްވެސް އޭނާ ވިދާޅެއް ނުވެއެވެ.

އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއިން އެންމެ ފަހުން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ސާލިހު މަގާމުން އަޒުލު ކުރުމުގެ މައްސައްކަތް ފައްޓާނެކަމަށް ބުނެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީންނާއި އެމްއެންޕީންނާއި ޕީޕީއެމް އަދި ޕީއެންސީންއާއި އެމްއާރުއެމްއިން ބައިވެރިވާއިރު، ނަޝީދުގެ ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ އިސް ފަރާތެއް ކަމުގައިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމުރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ފޫނެތް ފަޔަށް ފެންފުރަން ތިޔަ އުޅެނީ ރިޔާސީ އިންތިޚާބާއި މެދު އުންމީދު ކެނޑިގެންނެވެ. ތިޔަ ކުރަން އުޅޭ ކޮންމެ ކަމަކީ އިތުރަށް ތިޔަ ބައިގަނޑުގެ އަގު ވެއްޓި، މަތި މައްޗަށް ފެއިލްވެ، ރައްޔިތުންގެ ކުރިމަތީ ފެންވަރު ފެނިގެންދާނެ ކަންތައްތަކެވެ.