ސޯޝަލް މީޑިއާ އަކީ މީހުން އެމީހަކު ހިތަށް އެރި އެއްޗެއް ކިޔަން އޮންނަ ތަނެއް ކަމަށާއި އެކަމާއި ހުރެ ސޯޝަލް މީޑިއާ ދެކެ ވަރަށް ބިރު ގަންނަ ކަމަށް ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.
ކާމިޔާބު އެތަށް ފިލްްމ ތަކެއް ކުޅެފައިވާ އެކްޓަރު ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާއަކީ މީހުންގެ އަބުރު ކަތިލުމަށް ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެއް ކަމަށެވެ.
ދާދި ފަހުން ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ސުނިލް ބުނީ ސޯޝަލް މީޑިއާއިން އާއިލާގެ މީހުންނާ ދިމާކޮށްލައި ވަރަށް ހުތުރު އެއްޗެހި ވެސް ގޮވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް އަސަރު ކުރާކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ސުނިލް ބުނި ޒަމާނީ ޓެކްނޮލޮޖީ އާއި އެކުގައި ލިބުން ފަސޭހަ ތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މީހުން ގިން ވެފައިވާކަމަށާއި، އެއާި ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އޭނާ ވަނި އިލްތިމާސް ކޮށްފައިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ޒާތީ ދިރިއުޅުމަށް ވެސް އެކަމުގެ އަސަރު ކުރާކަމަށާއި ޕްރައިވެސީ އަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް ވެސް 61 އަހަރުގެ އެކްޓަރު ވަނީ ބުނެފައިއެވެ.
ނަމަވެސް ސުނިލް ބުނި ސޯޝަލް މީޑިއާގައި ދައްކާ އަބުރު ކަތިލައި ވާހަކަ ތަކަށާއި ފުރައްސާރައިގެ ވާހަކަ ތަކަށް އޭނާ ޖަވާބު ނުދީ ނުހުންނާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ