މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، 12 ދުވަހަށް ބަންދުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު، އޮފުވެލި، މުޙައްމަދު ޢަމީރު އެވެ. އޭނާ ހައްޔަރުކުރީ ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރަކާއެކު އެވެ.
އޭނާ ދިރިއުޅޭ ގޭގައި ފުލުހުން ބަލައިފާސްކުރުމުން، ވަގުތީ ބަރުދަނުގައި 23 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، ޑްރަގު ވިއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވެ އެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަމުން ދެ އެވެ.
ކޮމެންޓު ފޮނުވާ