ނަފްސާނީ ސިއްޙަތު: ސަރުކާރުގެ ހެލްޕްލައިނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅައިފި

ނަފްސާނީ ސިއްޙަތު: ސަރުކާރުގެ ހެލްޕްލައިނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅައިފި

Author
އަހުމަދު
10 އޮކްޓޯބަރ 2026 08:02
0

 

ނަފްސާނީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު ތަޢާރަފްކުރި "1677″ ހެލްޕްލައިނަށް މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީ ހޯދާފައިވާކަމަށް ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކުރީ ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ބޭއްވި ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައެވެ. ވުޒާރާއިން ބުނީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާކަމަށާއި، މި ހެލްޕްލައިނަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލު ހޯދުމަށް ވަރަށް މުހިންމު ވަސީލަތެއްކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއެކު ރައްކާތެރި މާޙައުލެއް ފަހިކޮށްދޭން ޖެހޭކަމަށާއި، އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢެއް ބިނާކުރުމަކީ ފަރުދީ އަދި ޤައުމީ ޒިންމާއެއްކަމަށެވެ.

މިއަހަރުގެ ޝިޢާރު "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު" އަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެކަމަށެވެ. އެކަނިވެރިކަމާއި ހިތްދަތިކަމުގައި ތިބި މީހުންގެ އަޑު އަހައިގެން މެނުވީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ނުދެވޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.