ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ރަމްޒު ހިމެނޭ ތަކެތި ވިއްކަން ބަހައްޓާފައި ހުރި މައްސަލައެއްގައި، އެފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ އެ ފިހާރަޔަށް އޮޕަރޭޝަން ހިންގީ، އެތަނުގައި އެހެން ދީންތަކުގެ ޝިޢާރާއި ރަމްޒު ހިމެނޭ ތަކެތި ވިއްކަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޢުލޫމާތު ދައުރުވުމާ ގުޅިގެންކަމަށެވެ.
މިދިޔަ ބުދަ ދުވަހު ހަވީރު 18:15 ހާއިރު ފުލުހުން ފިހާރަ ބަލައިފާސްކުރުމުން، އެހެން ދީންތަކުގެ ރަމްޒު ހިމެނޭ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވުނުކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ކަންކަން ފުލުހުން ތަޙުޤީޤުކުރަމުން ގެންދާކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ