މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ނަވީ ޕިލޭއަށް ލިބިއްޖެއެވެ.
މިއަހަރުގެ ނޮބެލް ސުލްހަ އިނާމު ދެކުނު އެފްރިކާގެ ގާނޫނީ ފަންނުވެރިޔާ ނަވީ ޕިލޭއަށް ލިބުނު ވަގުތު، އޭނާ ހުރީ ޖަރުމަނުގެ ނިއުރެމްބާގް ކޯޓުގައި ބާއްވަމުންދިޔަ ކޮންފަރެންސެއްގައެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ކުރީގެ ފަނޑިޔާރު ޕިލޭއަށް މި އިނާމު ލިބުމުން، އިންސާނީ ޙައްޤުތަކުގެ ދާއިރާގެ އޭނާގެ ބައިވެރިން އަތްޖަހައި މަރުޙަބާ ކިޔުމުން، އޭނާގެ ފުރަތަމަ ރައްދަކީ: "މިއީ ތެދެއްތޯ؟ އަހަރެން ހީކުރީ މިއީ ހަނދާ ކަމެއް ކަމަށް" އެވެ.
"ތިޔަ ބޭފުޅުން ތަންކޮޅެއް އިތުރަށް އަތްޖަހައިފިނަމަ، މި އިނާމު (އެމެރިކާގެ ރައީސް ޑޮނަލްޑް) ޓްރަމްޕާ ހިއްސާކުރަން ޖެހިދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިޝާރާތަކީ، ވޭތުވި އަހަރު މި އިނާމު ހާސިލުކުރި ފަރާތުން އެ މެޑަލް އެމެރިކާގެ ރައީސަށް ދިން ކަމެވެ. އަދި އޭނާ ވިދާޅުވީ، "އިންސާނީ ޙައްޤުތަކަށް ތާއީދުކުރާ އެކުވެރިންނާއި ބައިވެރިންނާއެކު މި އިނާމް ލިބުނުކަން އެނގުނުވަގުތު ހުރެވުމަކީ ވަރަށް ރަގަޅު އިއްތިފާގެއް ކަމަށެވެ." ކަމަށެވެ.
ޕިލޭއަށް އިނާމު ލިބިގެން ގަޑިއިރުތަކެއް ފަހުން، ޓްރަމްޕްގެ އޮފީހުން އައިސީސީއާ ދެކޮޅަށް އައު ސޭންކްޝަންތަކެއް އިޢުލާންކުރިއެވެ. އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ނަސްލު ނައްތާލުމުގެ (ޖެނޯސައިޑް) ތުހުމަތު ކުރެވޭ ފަރުދުންގެ މައްޗަށް ދައުވާކުރުމަށް 2002 ވަނަ އަހަރު އުފެއްދި މުވައްސަސާއެކެވެ.
ފާއިތުވި އަހަރުތަކުގައި އިންސާނީ ޙައްޤުތަކުގެ ދާއިރާގެ މަސައްކަތާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ހަމަލާތައް އިތުރުވަމުން އަންނަކަމީ، 85 އަހަރުގެ ޕިލޭ ހޮވުމުގައި ނޮބެލް ކޮމިޓީން ފާހަގަކުރަން ބޭނުންވި ކަމެކެވެ.
ތަފާތު ބައިނަލްއަގުވާމީ ކޯޓުތަކުގައި ޚިދުމަތްކޮށް، އިސްރާއީލުން ގާޒާގައި ނަސްލު ނައްތާލުމުގެ ޢަމަލު ހިންގާފައިވާ ކަމަށް ނިންމި، 2025 ވަނަ އަހަރުގެ އދ ގެ ރިޕޯޓުގެ މަސައްކަތް ޕިލޭ ބެލެހެއްޓިކަން ފާހަގަކުރުމުން، ކޮމިޓީން ބުނީ "ސުލްހަ ޔަޤީންކުރުމަށް އަޅާފައިވާ ނިޒާމުގެ ބިންގަލަކީ ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުގެ ވެރިކަން ކަމުގައި ދުނިޔެއަށް ހަނދާންކޮށްދޭން" ބޭނުންވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ