ޕަރިނީތީގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 13 ގައި

ޕަރިނީތީގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 13 ގައި

Author
ފާތިމަތު ނާވީ
03 މެއި 2023 04:24
0

ބޮލީވުޑްގެ ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާގެ އެންގޭޖްމެންޓް ހަފްލާ މިމަހުގެ 13 ވަނަ ދުވަހުގައި އޮންނާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ރިޕޯތްތަށް ބުނާގޮތުގައި ވަރަށް ކުލަ ގަދަކޮށް ބާއްވާ މިހަފްލާ އޮންނާނީ ނިއު ދިއްލީގައިއެވެ. ފަރިނީތީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްޑާ އާއިއެވެ.

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އެދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށް މިހާތަނަށް އެއްބަސް ވެފައިއެއް ނުވެއެވެ. އަދި މީޑިއާއިން މިފަދަ ސުވާލެއް ކުރި ނަމަވެސް ދެމީހުން ކުރި އެކަކުވެސް ޖަވާބެއް ނުދެއެވެ.

ނަމަވެސް ދެމީހުންގެ މެދުގައި އެކުވެރިކަށް ވުރެ ގުޅުން ބޮޑުކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ. އަދި ދެމީހުން އެކުގައި ވަނީ މި ފަހުން ޗުއްޓީ ދަތުރެއްވެސް ގޮސްފައިއެވެ. އަދި ބޭރުތެރެއިން ވެސް އެކުގައި އަންނަނީ ފެންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.