ގިނަ ފިރިހެން ތަރިން ތަކަކާއި އެކުގައި ގެނެސްދޭން ތައްޔާރު ވަމުން އަންނަ ފިލްމް "އާޒަމް" އަޅުވާ ތާރީހް އިއުލާން ކޮށްފިއެވެ.
މި ފިލްމް އެޅުވުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައިއެވެ. މި ފިލްމް އަކީ އަންޑަގްރައުންޑް ކަންތަށް ތަކެއް ދައްކުވައިދޭނެ ވަރުގަދަ ފިލްމް އަކެވެ.
ޝްރަވަން ތިވާރީ ޑައިރެކްޓްކޮށް ޓީބީ ޕަޓޭލް ޕްރޮޑިއުސްކުރާ މި ފިލްމުގެ ތަރިންގެ ތެރޭގައި ޖިމީ ޝެރްގިލް، އަބިމަންޔޫ ސިންގް، އިންދްރަނީލް ސެންގުޕްތާ، ގޯވިންދު ނަމްދޭވް އަދި ރަޒާ މުރާދު ހިމެނެ އެވެ.
ދުވަސްތަކަކަށް ފަހު ޖިމީ އަލުން ބޮޑު ސްކްރީނުން ފެންނަން ތައްޔާރު ވަމުން އަންނަ އިރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން ތިބީ މި ފިލްމް ބަލާލުމަށް ކެތްމަދުވެފައިއެވެ. ޖިމީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކޯލާ ބޮމް" އިންނެވެ.
ކޮމެންޓު ފޮނުވާ