ރަންބީރު އާއި ޝްރައްދާގެ ފިލްމް ނެޓްފްލިކްސް އަށް

ރަންބީރު އާއި ޝްރައްދާގެ ފިލްމް ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
03 މެއި 2023 11:09
0

މި އަހަރު ރިލީޒް ކުރި ރަންބީރު ކަޕޫރު އާއި ޝްރައްދާ ކަޕުރު ގެ ފުރަތަަމަ ފިލްމް "ތޫ ޖޫޓީ މޭ މައްކާރު" މާދަމާ ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމައިފި އެވެ.

މި އަހަރުގެ މާޗް މަހުގެ 8 ގައި ރިލީޒްކުރި މި ފިލްމަކީ މި ދެތަރިންގެ އަލަތު ފިލްމްއެވެ. މި ފިލްމް ވެގެން ގޮސްފައިވަނި މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމް އަށެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ފިލްމް އަކީ ޝްރައްދާ އާއި ރަންބިރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއެވެ. ލަވް ރަންޖަން ޑައިރެކްޓް ކުރާ މި ފިލްްމްއަކީ މީގެ ކުރިން ނަމެއްދީގެން އުފެއްދި ފިލްްމްއެއް ނޫނެވެ.

މި ފިލްމް އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފެންނަ ފިލްމްއެވެ. އަދި މީގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.