އަހަރެން ލޯބިވާ މީހާވެސް ގޮވަނީ ބާއީއޭ ކިޔާފަ: ސަލްމާން

އަހަރެން ލޯބިވާ މީހާވެސް ގޮވަނީ ބާއީއޭ ކިޔާފަ: ސަލްމާން

Author
ފާތިމަތު ނާވީ
03 މެއި 2023 06:42
0

ހަޔާތަށް ގެންނަން ބޭނުން ވާ މީހާ ނުވަތަ ލޯބިވާ މިހާ އޭނާ އަށް ގޮވަނީ ބާއީ ނުވަތަ ބޭބެ ކިޔައިފައި ކަމަށް އެކްޓަރު ސަލްމާން ހާން ބުނެފިއެވެ.

އެންމެ ފަހުން ގެނެސްދިން މަޝްހޫރު ޝޯވ "އާޕްކީ އަދާލަތް" ގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އޭނާ ކަިއވެނި ކުރަން ނުވަތަ ރައްޓެހިވާން ބޭނުންނާ މީހާވެސް އޭނާއަށް ގޮވަނީ ބާއީ އޭ ކިޔައިފައި ކަމަށާއި އެހެން ކަމުން ދިރިއުޅުމަށް ވާނީ މިިފަދަ ގޮތެއް ކަމަށެވެ.

އޭނާ މިފަދައިން ވާހަކަ ދެއްކީ ހެމުން ހެމުން ކަމުން އެއީ އޭނާ ކޮއްލި ސަމާސާ އެއް ކަމެއް ނުވަތަ ހަމަ ސީރިއަސް ވާހަކައެއް ކަމެއް ޔަގީނެއް ނުވެއެވެ.

މި ޝޯވ ގައި ސަލްމާން ވަނީ އޭނާގެ ދިރިއުޅުމުގެ ގިނަ ވާހަކަ ތަކެއް ހިއްސާ ކޮށްފައިއެވެ. އެގޮތުން 57 އަހަރުގެ އެކްޓަރު ބުނީ ކައިވެނި ކުރުމުގެ ފުރުސަތު އަދި ވެސް އެބަ އޮތް ކަމަށާއި އެކަމަށް އަދި ވަގުތުވެސް އެބަ އޮތް ކަމަށެވެ. މީގެ އިތުރުން ސަލްމާން ބުނީ އޭނާ ދަރިއަކު ވަރަށް ބޭނުން ކަމަށެވެ.

ދަރިއަކު ބޭނުން ނަމަވެސް ދަރިއަކަށް މަންމަ އަކު ބޭނުން ނުވާ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާގެ ގޭގައި މަންމަ އިން ވަރަށް ގިނަ ކަމަށާއި ބައިވަރު ދަރިން ބޭނުން ކަމަށް ބުންޏެވެ.

އަދި ކަރަން ޖޯހަރު ފަދައިން ދަރިއަކު ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އިންޑިއާގެ ގާނޫނަށް އައި ބަދަލަކާއި އެކުގައި އެކަންވެސް ނުވީ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ގެ އެއްމާބަނޑު ދެކުދިން ތިބެއެވެ. އެއީ އޭނާ ސަރޮގަސީ ކޮށްގެން ހޯދި ކުދިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.