ލޯބީގައި އަހަރެންނަކީ ވަރަށް ނާކާމިޔާބު މީހެއް: ސަލްމާން ހާން

ލޯބީގައި އަހަރެންނަކީ ވަރަށް ނާކާމިޔާބު މީހެއް: ސަލްމާން ހާން

Author
ފާތިމަތު ނާވީ
02 މެއި 2023 07:23
0

ރައްޓެހިވި ހުރިހާ މީހުންނަކީ ވެސް ވަރަށް ރަނގަޅު ބައެއް ކަމަށާއި ނަމަވެސް އޭނާ އަކީ ލޯބީގައި ވަރަށް ނާކާމިޔާބު މީހެއް ކަމަށް ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ބުނެފިއެވެ.

މަޝްހޫރު ޝޯވ "އާޕްކީ އަދާލަތް" ގެ އެންމެ ފަހު ޝޯވ ގެ މެހެމާނެއްގެ ގޮތުގައި އެޝޯވ ގައި ބައިވެރިވެފައި ވަނީ ސަލްމާން ހާންއެވެ. މި ޝޯވ ގައި ސަލްމާން ބުނީ އޭނާ އަކީ ލޯބީގައި ކާމިޔާބު މީހެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޝޯވ ގެ ހޯސްޓް ރަޖަތް ޝަރްމާ ވަނީ އޭނާ ގެ ބައޯޕިކެއްގައި ލޯބީގެ ވާހަކަތަށް ލިޔާނަންތޯ ސުވާލު ކޮށްފައިއެވެ. އެ ސުވާލުގެ ޖަވާބު ދެމުން ސަލްމާން ބުނީ ލޯބީގެ ވާހަކަތަށް ދާނީ އޭނާ އާއި އެކު ފަސްގަނޑު ދަށަށް ކަމަށެވެ.

އިތުރަށް ވާހަކަދައްކަމުން ސަލްމާން ބުނީ އޭނާ މިހާތަނަށް ރައްޓެހިވި ހުރިހާ އަންހެނުން ނަކީ ވެސް ވަރަށް ރަނގަޅު ބައެއް ކަމަށެވެ. ނަމަވެސް އެއްވެސް ގުޅުމެއް ކައިވެންޏަކާއި ހަމައަށް ނުގޮސް ނިމެނީ އޭނާގެ ސަބަބުން ކަމަށް ވަނީ އިއުތިރާފް ވެފައިއެވެ.

"ފުރަތަމަ ފަހަރަށް އަހަރެން ދޫކޮށްލައިފައި ލޯބިވެރިޔާ ދިއައީމައި ހިތަށް އަރަނީ އެއީ އޭނާގެ މައްސަަލަ ކަމަށް. ދެވަނަ އަދި ތިންވަނަ ފަހަރު ވެސް އެހެން ވުމުން ހީކުރީ އެއީ އޭނާގެ މައްސަލަ ކަމަށް އެކަމަކު ހަތަރުވަނަ ފަހަރު އެހެން ވުމުން އަހަރެންނަށް މަޖުބޫރު ވީ ވިސްނަން. އެމެން އަހަރެން ދޫކޮށްފައި ދާނީ އަހަރެންގެ މައްސަލައަކުން ކަން އަހަރެންނަށް އެނގުން. އެހެންވީމާ މީގާ މައްސަކަ އަކީ އަހަރެން."

ސަލްމާން ބުނީ އޭނާގެ މައިބަފައިން ވެސް މިހާރު އޭނާ އަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރާކަމަށެވެ. އަދި ކައިވެނި ކުރުމަށް އެދެމުން ދާކަމަށް ވެސް އޭނާ ބުންޏެވެ.

ސަލްމާންގެ ހަޔާތަށް ފުރަތަމަ އައި ލޯބިވެރިއަކީ ސަންގީތާ ބިޖުލާނީއެވެ. އެއީ 1994 ވަނަ އަހަރުގައިއެވެ. ސަންގީތާ އަށް ފަހު އޭނާގެ ހަޔާތަށް އައީ ސޯމީ އަލީއެވެ. އަދި އެފަހުން އޭނާ ވަނީ ރީތީގެ ރާނީ އައިޝްވަރްޔާ ރާއީ އާއި ލޯބީގެ ގޮތުން ގުޅިގެން ދުވަސްތަކެއް ވަންދެން އުޅެފައިއެވެ. އެގުޅުން ނިމުކަށް އައުން ވެގެން ދިއައީ ސަލްމާން އަށް ވަރަށް ހިތްދަތި ކަމަކަށެވެ. އޭނާ ވަނީ ފާރިހާ އާލަމް ކިޔާ މިހަކާއި ވެސް ދުވަސްގަނޑެއް ވަނދެން ރައްޓެހިވެގެން އުޅެފައިއެވެ. އަދި މި ފަހުން ވަނީ ބަތަލާ ކެޓްރީނާ ކައިފް އާއި ވެސް ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ. ކިހާރު ސަލްމާން ގެ ލޯބިވެރިއާ ކަމަށް ބުނަނީ ރޯމޭނިއާ އަށް ނިސްބަތްވާ މޮޑެލް އެއް ކަމުގައިވާ އޫލިއާ ވަންތުރު އެވެ. ނަމަވެސް އެގުޅުމަށް ސަލްމާން މިހާތަނަށް އެއްބަވެފައިއެއް ނުވެއެވެ. އަދި އެކަމަށް އޭނާ ދެބަސް އެއްވެސް ނުމެވެއެވެ. މީގެ ިއތުރުން ވެސް ޖެކުއަލިން ފެނާންޑޭޒް އާއި ޒަރީނާ ހާން ފަދަ ތަރިންނާއި އޭނާ އާއި އަޅުވައި ކިޔައިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.